ހަބަރު

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނަގައިފި

Apr 21, 2019

ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މިއަހަރުގެ ސިފައިންގެ އަހަރީ ދުވަހުގެ ޝިއާރަކީ "އަސްކަރީ އުސޫލު ނެގެހެއްޓުން ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" މިއެެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކަޅުތުއްކަލާ ކޮށީގައި އެވެ. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރައީސް އަދި ސިފައިންގެ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި އަބްދުﷲ ޝަމާލް ވިދާޅުވީ، މިއަހަރުގެ ޝިއާރަކީ ސަރުކާރުގެ ވިސްނުމާއި ސިފައިންގެ ލީޑާޝިޕާއެކު ހާސިލް ކުރަން ބޭނުންވާ ހިދުމަތްތައް ހާސިލްކުރުމުގެ މަގު ދައްކައިދޭނެ ޝިއާރެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި "އައްޑަނަ" މަޖައްލާއެއް ވަނީ ނެރެފަ އެވެ. މަޖައްލާ ނެރެދެއްވީ ޝަމާލް އެވެ. މިއަދުގެ ރަސްމިއްޔާތު ނިމިގެންދިޔައީ ހާޒިރުވި ހުރިހާ ބޭފުޅުން ކުރި ދުއާ އަކުންނެވެ.