ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަަ 200 ގައިދީއެއްގެ އަދަބު ސަރުކާރުން ލުއިކޮށްދީފި އެވެ.
ސަރުކާރުން އަދަބު ލުއި ކޮށްދީފައި ވަނީ ޖަލުގައި އަހުލާގު ރަނގަޅު ގައިދީނެވެ. އަދި އެމީހުންނަކީ އަދަބުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ވެސް މީހުންނެވެ.
އެމީހުންގެ އަދަބު ލުއިކޮށް ގެއަށް ބަދަލުކޮށްފައިވަނީ ޝަރުތުތަކާއެކު އެވެ. އޭގެ ތެރޭގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުން ހިމެނެ އެވެ.
އަދަބު ލުއިކޮށްދީފައިވާ އެންމެންނަކީ ވެސް އާ ގާނޫނުލް އުގޫބާތުގައި ކުޑަ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތައް ސާބިތުވެފައިވާ މީހުންނެވެ.