ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްރަށުގެ މަސައްކަތް ނުނިމި ހުރިނަމަ، އެތަންތަނުގެ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހުށަހެޅި އެ ބިލްގައި ވަނީ، ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްރަށާއި މަސައްކަތް ނުނިމި ހުރިނަމަ އެފަރާތްތަކަށް މަސައްކަތް އެއްކޮށް ނިންމާލަން ބޭނުންވާ އިތުރު މުއްދަތު އިތުރު ނުކުރެވިއްޖެނަމަ، އެމަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުން އަރާ، އޭގެ ސަބަބުން ދައުލަތަށް ވަންނަން އޮތް ފައިސާ ނުވެދި މަޑު ޖެހިދާނެ ކަމަށެވެ،
މުބީން މަޖިލިސްއަށް ހުށަހެޅި އިސްލާހުގައި އިތުރަށް ވާގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި މަސައްކަތް ނުނިމި ހުރިނަމަ، އެފަރާތްތަކުގެ މަސައްކަތް ކުރުމުގެ މުއްދަތު ބިލުގައިވާ ގޮތަށް އިސްލާހުކޮށްފިނަމަ، ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ހުޅުވިފައިވާ ވިޔަފާރި އުސޫލުން ވިޔަފާރިކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ދައުލަތަށް ލިބެން ހުރި ފައިސާ ގާނޫނީ ހަމަތަކުގެ މަތިން ލިބޭނޭ މަގުތަށް ފަހިވެގެންދާނެ ކަމަށެވެ.
އެބިލްގައި ބުނެފައިވަނީ ޓުއަރިޒަމާއި ބެހޭ ގާނޫނުގެ އަށްވަނަ މާއްދާއަށް އިސްލާހު ގެނެސް މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ ތެރޭގައި، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާ ހުށަހެޅުންތައް ފުރިހަމަ ކަމަށްވާނަމަ، އެއް މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް އެބިލްގައިވެ އެވެ.
ޓޫރިޒަމްއާއި ބެހޭ ގާނޫނުގެ އަށްވަނަ މާއްދާއަކީ، ފަތުރުވެރިކަމާއި ބެހޭ ކަންކަމަށް ރަށް ނުވަތަށް ބިން، ނުވަތަ ފަޅު ކުއްޔަށް ދޭންވީގޮތް ބަޔާންކޮށްދީފައިވާ ގާނޫނެވެ، އެގާނޫނުގައިވާގޮތުން ރަށެއް، ފަޅެއް ނުވަތަ ބިމެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރަންވާނީ އެފަދަ މަޝްރޫއެއް ހިންގުމަށް މާލީ ގޮތުންނާއި ފަންނީގޮތުން ގާބިލް ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން އެގާނޫނުގައިވާގޮތުން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށާއި ބިންބިމުގެ ތެރެއިން ތަނެއްގެ މުއްދަތު އިތުރުކޮށްދީފައިވާނަމަ، އެމުއްދަތުގެ ދަށުން ފީދައްކައި ހަލާސްކޮށްފައިނުވާނަމަ އެފަރާތެއްގެ އެއްބަސްވުން ބަތީލްކުރެވޭނެ އެވެ.