ދުނިޔެ

ފަލަސްތީންގެ މަސްވެރިންނަށް އަމާޒުކޮށް ހަމާލާދީފި

ފަލަސްތީނުގެ ބިމުން އިޒްޒޭލުން ހިފާފައިވާ ގާޒާގައި ދިރިއުޅޭ ޕަލަސްތީނުގެ މަސްވެރިންނާއި ދަނޑުވެރިންނަށް އަމާޒުކޮށް އިޒްރޭލުގެ ސިފައިން ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

ބައިތުލްއަހަމާއި ގާޒާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެކުނު ގާޒާގެ ޚާން ޔޫނުސްގެ ދަނޑުބިންތަކުގައި މަސައްކަތް ކުރަމުން ދިޔަ ދަނޑުވެރިންނާއި ދިމާއަށް އިޒްރޭލުގެ ވޮޗްޓަވަރުތަކުގައި ތިބި ސިފައިން ބަޑި ޖަހާފައިވެ އެވެ. އަދި ގާޒާގެ ދެކުނުން މަސް ބާނަން ނުކުމެ އުޅުނު ފަލަސްތީނުގެ މަސް ބޯޓުތަކަކާ ދިމާލަށް ވެސް އިޒްރޭލުގެ ކަނޑުމަތީ ސިފައިން ބަޑިޖަހާ މަސްވެރިން އެސަރަހައްދުން ފައްސާލާފައި ވެއެވެ.

ޔަހޫދީ ދައުލަތުގެ ސިފައިން ބަޑީގެ ހަމަލާތައް ދިން ނަމަވެސް ފަލަސްތީނުގެ މަސްވެރިންނާއި ދަނޑުވެރިންގެ ތެރެއިން މީހަކަށް އަނިޔާއެއް ނުވެއެވެ.

އިޒްރޭލް ސަރުކާރުން ފަލަސްތީނުގެ ގާޒާގެ ސަރަހައްދުގައި ވަނުން މަނާ ހިސާބުތައް ސާފުވާނެ ގޮތަކަށް އަންގާފައި ނުވާއިރު ވެސް އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުން ގާޒާ ބޯޑަރުގެ ސަރަހައްދުން ހިފާ ހައްޔަރުކޮށް ހުރަސް އަޅަ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިސްރާއެކު ކުރި މަޝްވަރާތަކަށް ފަހު ޕަލަސްތީނުގެ މަސްވެރިންނަށް ހަރަކާތްތެރިވެވޭ ސަރަހައްދު ހަ ނޯޓިކަލް މޭލުން 15 މޭލަށް އިތުރު ކޮށްފައިވާއިރުވެސް އެމީހުންނަށް އިޒްރޭލު ސިފައިންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.