އެސްޓީއޯ

އެެސްޓީއޯއިން ހިއްސާއަކަށް 58 ރުފިޔާ ބަހަނީ

އެސްޓީއޯއަށް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 58ރ. ބަހަން ނިންމައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން މި ހަފުތާގެ އާދީއްތަ ދުވަހު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 46 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި 47 މިލިއަން ރުފިޔާ އަދި ޖެހިގެން އައި ކުއާޓަރުގައި ވެސް އެވަރު ލިބުނުއިރު ހަތަރު ވަނަ ކުއާޓަރުގައި ލިބިފައިވަނީ 65 މިލިއަން ރުފިޔާ އެވެ.

ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 341 މިލިއަން ރުފިޔާ އެވެ. އަދި، ޓެކްސްއަށް ކެނޑުމުގެ ކުރީގެ އާމްދަނީއަކީ 88 މިލިއަން ރުފިޔާ އެވެ

ރާއްޖެއަށް ތެލާއި ބޭސް އެތެރެކުރުމުގައި އެންމެ ލީޑިން ކުންފުންޏަކީ ރައްޔިތުންގެ 18.37 ޕަސެންޓާއި ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.