ހަބަރު

އަޔާޓާގެ ޓްރެއިނިން ހުއްދަ ރާއްޖޭގެ ކޮރަލްއަށް

Apr 23, 2019

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުންފުއްޏަކަށް ދީފި އެވެ. މި ހުއްދަ ދީފައިވަނީ އޭވިއޭޝަން ޓްރެއިނިން ހިންގާ ކޮރަލް އެކަޑަމީއަށެވެ.

އަޔާޓާ އަކީ ދުނިޔޭގެ އެއާ ލައިންތައް ހިންގައި ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއްއަދާ ކުރާ އެއް ޖަމާއަތެވެ. އެ ޖަމާއަތުން ދުނިޔޭގެ 290 އެއާލައިންސް ބަލަހައްޓަމުން ދެއްވެ. އެއާ ޓްރެފިކްގައި އެއީ ދުނިޔޭގެ 82 ޕަސެންޓް އެއާ ޓްރެފިކެވެ.

ކޮރަލް އެކެޑަމީގެ މާކެޓިން އެންޑް ޕީއާރްގެ ވެރިޔާ، ޒައުޝަން ނަޒީރު މިއަދު ވިދާޅުވީ، އޭވިއޭޝަން ދާއިރާއިން ތަމްރީނުތައް ހިންގުމުގައި އަޔާޓާ ގެ ތަމްރީނުތައް ހިންގުމުގެ ހުއްދަ އެ އެކަޑެމީއަށް ލިބިފައިވާ ކަމަށާއި މިއީ ރާއްޖޭގެ ކުންފުންޏަކަށް އެކުންފުނީގެ ޓްރެއިނިން ހިންގަންދިން ފުރަތަމަ ފަހަރު ކަމަށެވެ.

އަޔާޓާގެ އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ.

ކޮރަލް އެކަޑަމީ އަކީ މިދިއަ އަހަރުން ފެށިގެން ރާއްޖޭގައި އޭވިއޭޝަން ޓްރެއިން ޕްރޮގްރާމްތައް ހިންގާ އެކަޑެމީއެކެވެ.