ހަބަރު

އިނާޔަތް ދޭން ފާސް ކުރިޔަސް އާ މަޖިލީހުން ބާތިލުކުރާނަން: އީވާ

Apr 24, 2019
29

މަގާމުން ވަކިވާ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް 19 ވަނަ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށް އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންނަށް އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އެއް ދުވަހެއްގެ ތެރޭގައި ތިން ކިޔުން އެއްކޮށްލާ އަވަސް އަރުވާލައިގެން ވޯޓަށް އެހުމަށް ތައްޔާރުވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. ފަނޑިޔާރުންގެ މައްސަލައަކީ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮަޑަށް ހިލާފުތަކެއް އުފެދިފައިވާ މައްސަލައެއް ކަމަށާއި އެފަދަ މައްސަލައެއްގައި "މެންޑޭޓު ގެއްލިފައި" ތިއްބެވި މެންބަރުންތަކެއް އެ ފަރާތްތަކަށް އިނާޔަތްތައް ދޭން ފާސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މިހާރު މަޖިލީހުގައި ތިބި 70 ޕަސަންޓު މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނީ އެފަދަ ބިލުތައް ފާސް ކުރާތީ ކަމަށާއި އެގޮތުން ކުރީ ސަރުކާރުގައި ބޮޑު މެޖޯރިޓީއެއް އޮވެގެން ވެސް މިފަދަ އެތަށް ބިލެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފަހު ވަގުތު ވެސް ގޯސް ހަަދަން މެންބަރުން މަސައްކަތް ކުރާއިރު އާ މަޖިލީހުގައި އެމްޑީޕީ އައިސް އެ ބިލުތައް އަލުން ރުޖޫއަަ ނުކުރާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ އިރާދަކުރެއްވީއާ މަސް ދުވަހުގެ ތެރޭގައި އޮންނާނީ މި މަޖިލީހެއް ނޫން. އެމްޑީޕީ މެޖޯޓީއާއެކު އަޅުގަނޑުމެން މަޖިލީހަށް އައިމަ އަވަސް ކޮށްލައިގެން ފާސް ކުރާ ފާސް ކުރުންތައް ރަނގެއް ނުކުރެވޭނެ ނޫންތޯ. މެއި މަހު އެމްޑިޕީއިން ވަދެ މިކަންކަން ބަދަލު ކުރާނަން. ފަނޑިޔާރުންނަށް މދޭ އިނާޔަތްތަކަކީ ތިމަންނާ ދިން އިނާޔަތެއްގެ ގޮތުގައި ދައްކާ މަސައްކަތް ގޯހުންކޯށްފައި އޮތް ކަމެއް ވީއާ ބަދަލު ކުރާނަން،" އީވާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިވުމުން ވެސް އިނާޔާތް ލިބޭ ގޮތަށް މިއަދު ވަނީ ފާސް ކުރަން ތާވަލުކޮށްފަ އެވެ. އެކަމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.