ރާއްޖެ ކުޅިވަރު

އިމްރާނުގެ ބަދަލުގައި ކީޕަރު އާތީ ގައުމީ ސްކޮޑަށް

Jul 14, 2015

އަނިޔާވެފައިވާ ގައުމީ ކީޕަރު އިމްރާނު މުހައްމަދުގެ ބަދަލުގައި އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ވާދަކުރާ ގައުމީ ސްކޮޑަށް ވެލެންސިއާގެ ކީޕަރު މުހައްމަދު އާތިފް (އާތީ) ނަގައިފި އެވެ.

ގައުމީ ސްކޮޑުން ފުރުސަތު ލިބުނުއިރު އާތީ ވަނީ ވެލެންސިއާގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޭނާގެ އިތުރުން ޓީމުގައި ތިބި ދެ ކީޕަރުންނަކީ ޓީސީގެ ކީޕަރު މުހައްމަދު އިމްރާނާއި ބީޖީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފެވެ.

ގައުމީ ޓީމުން މި ފަހަރު އަލަށް ހަތަރު ކުޅުންތެރިއަކަށްވަނީ ފުރުސަތުދީފަ އެވެ. އެއީ މަހިބަދޫގެ ގާސިމް ސައްމާމް އާއި ވެލެންސިއާގެ މިޑްފީލްޑަރު ހުސައިން ނިހާން އާއި ޓީސީގެ ނާއިޒް ހަސަންގެ އިތުރުން އޮސްޓްރޭލިޔާގެ ޔޫތު ލީގުގައި ކުޅޭ 18 އަހަރުގެ މާނިއު ރައޫފް އަށެވެ.

އަންނަ މަހު އެކެއްގައި ރިޔޫނިއަންގައި ފަށާ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ވާދަ ކުރުމަށް ގައުމީ ޓީމު ފަރިތަކުރަން ފަށާނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.