ދިރާގު

ދިރާގުން ހިއްސާއަކަށް 11.91ރ. ބަހަނީ

Apr 26, 2019
1

މުއާސަލާތީ ކުންފުނި ދިރާގުގެ ހިއްސާއަކަށް 11.91 ރ. ބަހަން ފާސްކޮށްފި އެވެ. މި އަދަދު ބަހަށް ފާސް ކުރީ ރޭ ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާއިންނެވެ.

ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާ މިފަހަރު ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓްގަ އެވެ. ރޭ އެ ރިސޯޓްގައި ބޭއްބި އޭޖީއެމްގައި ދިރާގުގެ ހިއްސާދާރުންގެ ތެރެއިން 84 ހިއްސާދާރަކު ބައިވެރިވި އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނު ދިރާގުގެ އޭޖީއެމްގައި ހިއްސާއަކަށް 11.91ރ. ބަހަން ނިންމި އިރު މި އަދަދަކީ މިދިޔަ އަހަރު ދިރާގުން ހިއްސާއަކަށް ބެހި 11.81ރ. އަށްވުރެ 0.8 ޕަސެންޓް އިތުރު މިންވަރެކެވެ.

ރޭ ބޭއްވި އޭޖީއެމްގައި އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސް ކުރި އިރު އާ އަހަރުގެ އޮޑިޓަރަކަށް ކޭޕީއެމްޖީ ނަގަން ވެސް ފާސް ކުރި އެވެ.