ނައިބު ރައީސް ފައިސަލް ނަސީމް ސިންގަޕޫރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑެޒްމޮންޑް ލީއާ ބައްދަލު ކުރައްވައިިފި އެވެ.
ނައިބު ރައީސް ފައިސަލް، ޑެޒޮމޮންޑްއާ ބައްދަލު ކުރެއްވީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
އިއްޔެ މެންދުރުފަހު އޮތް ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާބެހޭ ގޮތުންނާއި އެ ދާއިރާއިން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ރާއްޖެ އާއި ސިންގަޕޫރަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.