ހަބަރު

އަޒްމީ އަވަހާރަވެއްޖެ

Apr 27, 2019
2

މާފަންނު ފައިފޮހޭ މިސްކިތުގެ ގޮތުގައި މަޝްހޫރުވެފައިވާ މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެ މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓުނު މުސްތަފާ އަޒްމީ މިރޭ އަވަހާރަވެއްޖެ އެވެ.

މިސްކިތުގެ ދެވަނަ ބުރީގެ މަސައްކަތެއްގައި އުޅުއްވަނިކޮށް އަޒްމީ ވެއްޓުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އެސްޓީއޯގެ އައިޓީ ހެޑަށް ހުންނެވި އަޒްމީ ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. މިރޭ އޭނާ އަވަހާރަވީ ހާލު ސީރިއަސްވެގެން އިންޑިއާ އަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިރޭ ރާއްޖެ ގެނައި ފަހުންނެވެ.

ބެންގަލޫރަށް ގެންދިއުމަށް ފަހު އޭނާ ރާއްޖެ ގެނައީ ބޭރުން ދޭނެ އިތުރު ފަރުވާއެއް ނެތިގެނެވެ، އޭރު އޭނާގެ ސިކުނޑީގެ ހިނގުން ވަނީ ހުއްޓިފަ އެވެ.

އަވަހާރަވި އިރު އުމުރުން 41 އަހަރުގެ އަޒްމީ އެސްޓީއޯގައި ވަޒީފާ އަދާ ކުރައްވާތާ 25 އަހަރުވެއްޖެ އެވެ.