ލައިފްސްޓައިލް

އެމެރިކާގެ ޖާސޫސީ އިދާރާ އިންސްޓަގްރާމަށް

އާންމުންގެ ސަމާލުކަން ދަމައިގަތުމަށް ހާއްސަ ގޮތަކަށް އެމެރިކާގެ މައި ޖާސޫސީ އިދާރާ "ސީއަައިއޭ" އިން ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމާ ގުޅިއްޖެ އެވެ.

"ސީއައިއޭ" އިން ރަަސްމީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވާ، އެމީހުންގެ ފުރަތަމަ ޕޯސްޓް "ކްރެކް" ކުރުމަށް އާއްމުންނަށް ހުޅުވާލުމުން ޖަވާބުތައް ވަނީ ކޮމެންޓު ބަޔަށް އޮއްސާލާފަަ އެވެ. އިންސްޓަގްރާމް އަަށް ތަފާތު ފޮޓޯ އެއް ދޫކޮށްލާ ފޮޓޯގެ ކެޕްޝަން އަކަށް ޖަހާފައިވަނީ "އައި ސްޕައި ވިތު މައި ލިޓްލް އަައި..." އެވެ. އެއީ ލޮލަށް ފެންނަންހުރި މަންޒަރުތަކުން ޖަވާބު ހޯދަން ފަރުމާކޮށްފައިވާ އަރަތެކެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ފުރަތަމަ ފޮޓޯއިން އަޅި ކުލައިގެ އިސްތަށިގަނޑަކުން ފަަށައިގެން އެކި ގައުމުގެ ފައިސާ ނޫޓުވެސް ފެނެ އެވެ. މުޅި ފޮޓޯވެސް ފުުރާ އޮތީ ސާމާނެވެ. އަދި މި ތަކެއްޗަށް ބެލުމަށްފަހު ދޭހަކޮށްދޭ އެއްޗެއް ހޯދަަންވީ ކަމަށް އެ އެވެ.

ސީއައިއޭގެ މި އެކައުންޓާއެކު، ފޮޓޯގައި ހިއްސާ ކުރި 4،000 އަށް ވުުރެ ގިނަ ކޮމެންޓުތައް ޖަވާބުތަކުގެ ގޮތުގައި ވަނީ ކޮމެންޓު ސެކްޝަން ފުރާލާފަ އެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ޖަވާބުތަކުގެ ތެރޭގައި ގަޑިއެއް ހިމެނެ އެވެ. މި ގަޑި ފާހަގަ ކޮށްފަައިވަނީ ގަޑީގެ ކަށި ހުއްޓިފައިވަނީ 08:46 އަކަށް ކަމަށާއި އެއީ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާގައި ޓަވަރުގައި މަތިންދާބޯޓު ޖެހުނު ގަޑި ކަމަށް ބުނެ އެވެ.

އަދި، ނުރަަ އިސްތަށިގަނޑެއް ގޮނޑިމަތީ އޮތް ކަމަށް ގިނަަ ބަޔަކު ވަނީ ކޮމެންޓު ކޮށްފަ އެވެ. އެއީ ސީއައިއޭގެ އޭޖެންޓުން އަަންޑަކަވާގައި ބޭނުން ކުރާ ކަމަށް ބެލެވޭ އެއްޗެއް ކަމަށްވެސް މިކަން ފާހަގަ ކުރި މީހުން ބުނެ އެވެ. މީގެ އިތުރުންވެސް ބައެއް އެއްޗެހި ވަނީ ޖާސޫސީ ގޮތަކަށް ބެލުމަށްފަހު ފާހަގަ ކޮށްފަ އެވެ.

އިންޓެލިޖެންސުން އާއްމުކޮށް މައްސަލަތައް ޖާސޫސުކޮށް ބަލާ ގޮތާ މުޅިން ތަފާތު ގޮތަކަށް މިކަން ކޮށްފައިވާއިރު، މި އެކައުންޓް ހުޅުވާފައިވަނީ ޒުވާން ކުދިން އެމީހުންގެ އޭޖެންޓުންނާއިި އެނަލިސްޓުންގެ ގޮތުގައި ވަޒީފާއަށް ހޮވުމުގެ ބޭނުމުގައި ކަމަށް ސީއައިއޭ އިން ބުނެ އެވެ.

"އިންސްޓަގްރާމަށް ވަދެ، ސީއައިއޭގެ ވާހަކަތަށް އާއްމުންނަށް ހިއްސާ ކޮށް ޒުވާން އާ ކުދިން މި ދާއިރާއަށް ނެރެވޭނެ" ސީއަައިއޭގެ ސްޕޯކްސްޕާސަން ބުންޏެވެ. އަދި، މި އެކައުންޓް މެދުވެރިކޮށް އިންޓެލިޖެންސް އޭޖެންޓުންގެ ދިިރިއުޅުން ހިއްސާ ކުރާނެ ކަމަށާއި އެހެންނަމަވެސް، ސިއްރު ތަންތަނުގައި ހުރެ ނަގާފަައި ހުންނަ ސެލްފީތައް ނުފެންނާނެ ކަމަށް ބުންޏެވެ.