ހަބަރު

ކަނިފިނޮޅުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Apr 29, 2019
1

ކްލަބް މެޑް ކަނިފިނޮޅު ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުއްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 12:39 ގައި ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭނާ އޭޑީކޭއަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވި ކަމަށެވެ. އެ ހާދިސާގައި މަަރުވެފައި ވަނީ އުމުރުން 52 އަހަރުގެ ސިންގަޕޫރުގެ ފިރިހެނެކެވެ.

މި އަަހަރު ކުރީކޮޅު ގިނަ ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފަ އެވެ. އެކަން ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.