މަރު

ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ފަތުރުވެރިޔާ މަރުވީ ހުޅުމާލެ ލަކުޑި ޖެޓީއާ ދިމާލުން ސަފާރީއަކުން ފައިބައި އެ ސަރަަހައްދުގައި ހުރި ގޮނޑިއެއްގައި އިންދައި އަނބުރައި ގަނެގެން ވެއްޓިގެން ކަމަށެވެެ. އެ ހާދިސާގައި މަރުވީ ޑެންމާކު މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 02:50 ގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަަލަމުންދާ ކަމަށެވެ.