ހުރަވީ ސްކޫލު

ހުރަވީ ސްކޫލުގައި ކާން އިން ކުއްޖަކު ނިޔާވެއްޖެ

Oct 17, 2024

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ކާން އިންދާ ކުއްޖަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް ގެނައި އިރުވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ނިޔާވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ.

މި ކުއްޖާ ނިޔާވާން ދިމާވި ވަކި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

މިކަމާ ގުޅިގެން ހުރަވީ ސްކޫލުގެ އެއްވެސް ބަހެއް އަދި އަވަސް އަށް ލިބޭ ގޮތެއް ނުވެ އެެވެ.

ފުލުހުން ބުނީ މިކަމާ ގުޅޭ މައުލޫމާތު ލިބިފައިވާތީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.