މަރު

ރިސޯޓެއްގައި ބިދޭސީއަކު މަރުވެއްޖެ

ދ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މެޑިކަލް އިމާޖަންސީއެއް ދިމާވެ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ނޭޕާލް މީހެކެވެ. އޭނާގެ އުމުރަކީ 42 އަހަރެވެ.

ނޭޕާލް މި ފިރިހެން މީހާ މަރުވެފައިވަނީ އިރުއޮއްސި 6:27 ގައެވެ. މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.