މަރު

ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Oct 16, 2021

ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގއ. ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓްގައި މަސައްކަތް ކުރާ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އެ މީހާ މަރުވެފައިވަނީ ނޭވާލާން އުނދަގޫވާތީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނިކޮށެވެ. އޭނާ މަރުވީ މިއަދު ހެނދުނު އެވެ.

ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ގައެެ.

އެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.