ހަބަރު

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

Feb 8, 2020

ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 69 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ގިނަ އިރުތަކެއް ވަންދެން ޑައިވް ކުރުމަށް ފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީ އޮތްތަން ޑައިވިން އިންސްޓްރަކްޓަރަކަށް ފެނިފައިވާ ކަމަށާއި އެ މީހުން އޭނާ ބޯޓަށް އެރުވުމަށް ފަހު ސީޕީއާރް އަދި އޮކްސިޖަން ދީފައިވާ ކަމަށެވެ.

އެއަށް ފަހު 9:30 ކަންހާއިރު ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.