ހަބަރު

ޑްރަގު ހުއްޓުވޭނީ މުދާ އަތުލައި މަރުގެ އަދަބު ދީގެން: އުމަރު

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކުގެ މުދާ އަތުލާ މަރުގެ އަދަބު ތަންފީޒު ކޮށްގެން ނޫނީ އެކަމަށް ހައްލެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ، ފުލުހުންނާއި، ކޯޓުތަކާއި، ސިވިލްސާވަންޓުން އަތަށް ދޫކޮށްލައި ސިޔާސީވެރީންގެ ހިޔަލަށް ޖެހި ތިބެގެން މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ނުވާނެ ކަމަށެވެ. އަދި ސިޔާސީ ވެރިންގެ ކިބައިގައި ބުންވަރާއި، ޖެހިލުންކުޑަކަން ހުންނަން ވާނެ ކަމަށާއި، އެތެރެކުރާ މީހުންގެ މުދާ ނަގާ މަރުގެ އަދަބު ތަންފީޒު ކޮށްގެން ނޫނީ އެކަމަށް ހައްލެއް ނުހޯދޭނެ ކަމަށެވެ. ދިވެހިން އަދި އެދުވަސް ދެކޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުމުރު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 149 ކިލޯގެ މަސްތުވާތަކެތި ގދ. ހުޅުވާރުދު އިން ވަނީ އަތުލައިގެންފަ އެވެ. ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ.

ތުހުމަތަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ އެ މައްސަލާފައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.