އުމަރު ނަސީރު

ޑްރަގް ޑީލަރު ދޫކޮށްލީ ގާނޫނާ ހިލާފަށް: އުމަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި އުުމުރަށް ޖަލަށްލާފައި ހުރި އަބްދުﷲ ސޮފްއަތު ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސައުވީސް ކިލޯގެ ޑްރަގް އެތެރެކޮށްގެން ސަފްވާން އުމުރަށް ޖަލަށްލާން ހުކުމް ކުރީ މާޗް، 2017 ގައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ކީއްވެ ކަމެއް ހޯމް މިނިސްޓްރީން އަދި ކަރެކްޝަނުންވެސް ނުބުންޏެވެ. އެ މައްސަލާގައި ވާހަކަ ދައްކަން އެ ދެ މުއައްސަސާއިން ދެކޮޅު ހަދަނީ ކީއްވެ ކަމެއް ނޭންގެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސޮފްއަތު ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށެވެ.

"ސައުވީސް ކިލޯގެ މަސްތުވާ އެއްޗެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު މި ދޫކޮށްލީ ކަޑައެޅިގެން ގާނޫނާ ހިލާފަށް. މި ގައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށް ޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަޑާ އެކު ހިންގަވާ،" މަސްތުވާތަކެއްޗާ ދެކޮޅަށް ވަރަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ އިހުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

ސޮފްއަތުގެ އިތުރުން އެ މައްސަލާގައި އިތުރު މީހަކުވެސް އުމުރަށް ޖަަލަށްލާން ހުކުމް ކުރިއެވެ. އެމީހާ ދޫކޮށްލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.