ދުނިޔެ

ކްރައިސްޓްޗާޗް ރައްޔިތަކު ގޮވާތަކެއްޗާއެކީ ހައްޔަރުކޮށްފި

ނިއުޒީލޭންޑުގެ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް ޓީމުން ބޮން ފެނުނު ސަރަހައްދުގައި ހަރަކާތްތެރި ވަނީ
100%
0%
0%

ކްރައިސްޓްޗާޗްގެ ފަޅު ގެއެއްގެ ތެރެއިން ގޮވާ ތަކެއްޗާއި ބަޑީގެ ވަޒަންތަކެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ހާމަ ކޮށްފި އެވެ. އަދި ފެނުނު ގޮވާ ތަކެއްޗާއި ގުޅިގެން ނިއުޒީލޭންޑުގެ ތިރީސް އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފަވާއި ކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.

އެ ގައުމުގެ ގަޑިން އިއްޔެގެ މެންދުރުން އަނބުރާ 3:15 ގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުންނާއި ޑިފެންސް ފޯސްއާއި އަލިފާން ނިވާ ފަރާތްތަކުން އެސަރަހައްދަށް ގޮސް އެސަރަހައްދުގައި ތިބި ރައްޔިތުން ރައްކާތެރި ހިސާބަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ނިއުޒީލޭންޑް ސެކިއުރިޓީގެ ބޮމްބް ޑިސްޕޯސަލް ޓީމަކުން މިހާރު އެ ބޮމް ޑިފިއުޒް ކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޮވާތަކެތި ފެނިފައި މިވަނީ އޮސްޓްރޭލިއާގެ ރައްޔިތެއް ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލައެއްގައި އަޅުކަމުގައި ތިބި 50 މުސްލިމުން މަރާލިތާ 6 ހަފްތާ ވީފަހުން ނެވެ.

މިސްކިތަށް ދިން ހަމަލައާއި ގުޅިގެން އެގައުމުގައި މިލިޓަރީ ސެމީ އޮޓޮމެޓިކް ބަޑި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ ބަޑި ގެންގުޅޭ ރައްޔިތުންނަށް ބަދަލު ދިނުމުގެ ސްކީމެއްގެ ދަށުން ސްކީމް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެބާވަތުގެ ބަޑިތައް ސަރުކާރާއި ހަވާލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ނިއުޒީލޭންޑްގެ ފުލުހުން މިހާރު އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678