ހަބަރު

އިންތި ސުޕްރީމް ކޯޓަށް ހާޒިރުކުރީ ޓްވީޓަކާ ގުޅިގެން

Apr 30, 2019
1

ސުޕްރީމް ކޯޓަށް މިއަދު ހާޒިރުކުރެއްވީ ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިންތި ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 8:00 ގައި އެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރަންޖެހޭ ކަމަށް ކުރެއްވި ޓްވީޓާއި ގުޅިގެން ކަމަށެވެ.

އެޓްވީޓްގައި ވަނީ، ފަސް ފަނޑިޔާރުން އެކުގައި ސޮއި ކޮށްގެން ނެރުނު ހުކުމާއި ގުޅިގެން ދެ ފަނޑިޔާރުން ހައްޔަރު ކުރިއިރު، އަގުލަބިއްޔަތު ދިން ތިން ފަނޑިޔާރު އަދިވެސް ފަނޑިޔާރު ކަމުގައި އެބަތިއްބެވި ކަމަށެވެ. އޭނާ ރިއާޔަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގެ އަމުރަށެވެ. އަދި ވަނީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޓްވީޓްގައި ވަނީ ފަނޑިޔާރު ކަމަކީ މަގާމެއް ކަމަށާއި ވަކި ކުރަން ބުނުމަކީ ކުށެއް ނޫން ކަމަށް ލިޔުންކޮޅެއް ހިމަނައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުގެ ފޮޓޯއެއްވެސް ޓްވީޓްގައި ހިމަނާފަ އެވެ.

މީގެ ކުރިންވަނީ ޖުޑިޝަރީ އިސްލާހުކުރުމަށް ގޮވާލެއްވި މަރުތައް މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ފޮނަދޫ ދާއިރާއަށް އަލަށް އިންތިހާބުވެވަޑައިގަތް މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ހާޒިރު ކޮށްފަ އެވެ.

ސުއޫދު ސުޕްރީމް ކޯޓަށް ހާޒިކުރެއްވީ ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އަދި ސިރާޖް ސުޕްރީމް ކޯޓަށް ހާޒިރު ކުރެއްވީ ކުރި ޓުވީޓަކާއި ގުޅިގެންނެވެ.