ހަބަރު

20 މީހުނާއެކު އިންޖީނު ހުއްޓުނު ދޯންޏަކަށް އެހީވެއްޖެ

Apr 30, 2019

ވިހި މީހުނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިވެދީފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު ހިންމަފުށި ނެރު ކައިރިއަށް ދޯންޏެއް ހުއްޓިގެން މިރޭ 10:05 އެހާކަންހާއިރު ކޯސްޓް ގާޑަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ދޯނީގައި އޭރު 20 މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި އަށް އަންހެނަކު ހިމެނެ އެވެ. އެ އެންމެނަކީ ވެސް ދިވެހިންނެވެ.

"ރިލެކްސް މާލިން" ކިޔާ ދޯނި ހުއްޓިފައިވަނީ ނައިޓް ފިޝިންއަށް ނިކުމެ އުޅުނިކޮށެވެ.