ހަބަރު

މާލެ-ހުޅުމާލެ ހައިވޭއަށް އުދަ އަރައިފި

May 2, 2019

މާލެ އާއި ހުޅުމާލެ ދެމެދު އޮންނަ ހައިވޭއަށް އުދަ އަރައިފި އެވެ.

ހައިވޭއަށް އުދަ އަރާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން ހުޅުމާލެއިން މާލެއަށް ދާ ފަޅިއަށް ވެއްޔާއި ގާ އަރާފައިވާތީ ފުލުހުން ވަނީ އެ ތަނުގައި ކޯނު ޖަހައިފަ އެވެ. އުދަ އަރާފައި ވަނީ ހައިވޭ ނިމޭ ހިސާބު ލައިޓާ ކައިރިންނެވެ.

މީޓިއޮލޮޖޮކަލް ސެންޓަރު (މެޓް) އިން ބުނީ ދިޔަވަރު ބޮޑުވާ ގަޑީ މާލެ ސަރަހައްދުގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ވެސް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވާރޭ ވެހޭނެ ކަމަށާއި ވައި ބާރުވެފައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.