ރޯދައަށް ތައްޔާރުވުމަށްޓަކައި އާދީއްތަ ދުވަސް ބަންދު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރޯދައަށް ތައްޔާރުވުމަށްޓަކައި އާދީއްތަ ދުވަސް ސަރުކަރު ބަންދު ދުވަހަކަށް ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރޯދައަށް ހަނދު ބެލުން އޮތީ އަންނަ ހޮނިހިރު ދުވަހުގަ އެވެ. އެ ދުވަހު ހަނދު ފެނިއްޖެ ނަމަ އާދީއްތަ ދުވަހަކީ މުލަ ރޯދައަށް ވާނެ އެވެ. ހަނދު ނުފެނިއްޖެ ނަމަ އަންނަ ހޯމަ ދުވަހު ރޯދަ މަސް ފަށާނެ އެވެ.