ވިޔަފާރި

މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 4.5 ޕަސެންޓް މައްޗަށް

Jul 15, 2015

މި އަހަރުގެ މެއި މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 4.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މެއި މަހުގެ ޓޫރިސްޓް އެރައިވަލް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު 91،296 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ މެއި މަހު ޒިޔާރަތް ކޮށްފައިވަނީ 95،386 މީހުންނެވެ. މިއީ 4.5 ޕަސެންޓުގެ ކުރި އެރުމެކެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ ބައެއް މުހިންމު މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވެ އެވެ.

މިދިޔަ އަހަރު 1،847

މި އަހަރު 2،163

17.1 ޕަސެންޓުގެ އިތުރުވުމެއް

މިދިޔަ އަހަރު 8،365

މި އަހަރު 10،375

24.3 ޕަސެންޓް އިތުރުވުމެއް

މިދިޔަ އަހަރު 29.685

މި އަހަރު 30،864

ހަތަރު ޕަސެންޓް އިތުރުވުމެއް

މިދިޔަ އަހަރު 4،878

މި އަހަރު 3،053

37.4 ޕަސެންޓް ދަށަށް

މިދިޔަ އަހަރު 7،081

މި އަހަރު 6.867

ތިން ޕަސެންޓް ދަށަށް

މިދިޔަ އަހަރު 3،290

މި އަހަރު 2،815

14.4 ޕަސެންޓް ދަށަށް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ރިސޯޓުތަކުގެ އޮކިއުޕެންސީރޭޓް 75.5 ޕަސެންޓުގައި ހުރިނަމަވެސް، މި އަހަރުގެ މެއި މަހު އެ އަދަދު މިވަނީ 72.2 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ މެއި މަހު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު ކުޑަތަންކޮޅެއް އިތުރުވެފައިވެ އެވެ.