ރާއްޖެ ކުޅިވަރު

ފައިނަލުގައި ވެލެންސިއާ އާއި ސޮކާ ވެޓަރަންސް

Jul 15, 2015

މައިލޯވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލެންސިއާ އާއި ސޮކާ ވެޓަރަންސް އިއްޔެ ދަތުރުކޮށްފި އެވެ.

މުބާރާތުގެ ތާރީހުގައި ސެމީ ފައިނަލް ދެ މެޗު ޓާފެ ދެ ދަނޑުގައި އެއް ފަހަރާ ކުޅުނު އިރު ވެލެންސިއާ ފައިނަލަށް ދިޔައީ މާލޭ ވެޓަރަންސް 5-1އިނަ ބަލިކޮށްފަ އެވެ. ވެލެންސިއާގެ ލަނޑުތައް ޖެހީ މުހުތާރު ނަސީރު (ޓޫކިލޯ) އާއި އައްސަދު އަބުދުލްގަނީ އާއި އަލީ ރަޝީދު (ސިލާޗީ) އާއި އިސްމާއީލް އަނިލް އަދި އަހުމަދު ނަސީމް (އައްމަޑޭ) އެވެ. މާލޭ ވެޓަރަންސްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ.