ހަބަރު

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން މުހިންމު ދެ ޕްރޮގްރާމެއް ހިންގަނީ

May 4, 2019

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑުތައް ހާސިލް ކުރަން ދިރާގުން މުހިންމު ދެ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނަނީ ޔޫއެންޑީޕީއާ ގުޅިގެން ހިންގަނީ "ޑްރޯންސް ފޯ ރެސިލިއެންސް" އާއި "ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން" ޕްރޮގްރާމެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ޖިޓަލް ޓެކްނޮލޮޖީ އާއި ފަންނުވެރިކަން ބޭނުން ކޮށްގެން ހިންގާ މި ދެ ޕްރޮގްރާމަކީ ވެސް ޒުވާނުން ބާރުވެރި ކުރުވުމަށާއި އިޖްތިމާއީ ތަރައްގީގައި ޑިޖިޓަލް ހައްލު ލިބިގެންދާނެ ދެ މަޝްރޫއު ކަމަށެވެ.

މިގޮތުން ފުރަތަމަ މަޝްރޫއުގެ ދަށުން ޑްރޯން ބޭނުން ކޮށްގެން ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި ރަށްރަށް އެސެސްމަންޓް ހަދާނެ އެވެ.