ވިޔަފާރި

ވާވޭގެ ފަހުގެ ފޯނު މެކްސްކޮމް އިން މިރޭ ވިއްކަން ފަށަނީ

May 4, 2019
1

ވާވޭ ކުންފުނިން އެންމެ ފަހުން ނެރުނު ދެ ފޯނު ކަމަށްވާ ޕީ30 އާއި ޕީ30 ޕްރޯ، މެކްސްކޮމް އިން މިރޭ ވިއްކަން ފަށަން ނިންމައިފި އެވެ.

ވާވޭ އުފެއްދުންތަކުގެ ނޭޝަނަލް ޑިސްރިބިއުޓަރު މެކްސްކޮމް ޓެކްނޮލޮޖީސް އިން މި ފޯނު ނެރެން ހާއްސަ ރަސްމިއްޔާތެއްގައި މިރޭ ބާއްވާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ މެކްސްކޮމްގެ ފަރީދީމަގުގައި ހުޅުވާފައިވާ ފިހާރާގަ އެވެ. މިރޭ އެ ފިހާރާގައި ބާއްވާ ހާއްސަ ކުލަގަދަ އިވެންޓުގައި ހާއްސަ އިނާމުތަކާއި ޑިސްކައުންޓް ކޫޕަން ތަކެއް ލިބެން ހުންނާނެ އެވެ.

މެކްސްކޮމް އިން މިރޭ ނެރޭ ވާވޭ ޕީ30 ޕްރޯ މަޝްހޫރުވެފައި ވަނީ ވަރުގަދަ ކެމެރާއެއް ހިމެނޭ ފޯނެއްގެ ގޮތުގަ އެވެ. ދުނިޔޭގައި މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހަރުކޮށްފައިވާ ވާވޭ "ޕީ30" ފޯނު ހާއްސަ ކަމަކީ މިފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުމެވެ.

މި ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކެމެރާތަކުގެ ބާރު ގަދަވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ މި ފޯނަކީ މިހާރު ބާޒާރުގައި ގެންގުޅޭ އެންޑްރޮއިޑް ފޯނުތަކާ އެއް ސައިޒެއްގެ ފޯނެވެ. މި ފޯނު ވެސް އަތަށް ހެޔޮވަރު ވާނެ އެވެ. ފޯނުގެ ޑިސްޕްލޭ ގެ ސައިޒަކީ 6.47 އިންޗި އެވެ. ދެން އޮތީ މި ފޯނުގެ ހާއްސަ އަނެއް ސިފަ އެވެ. އެއީ ބެޓެރި އެވެ. މީގެ ބެޓެރީގައި 4200 އެމްއޭއެޗް ހުރެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަވަހަށް ވަޔަލެސްކޮށް ޗާޖު ކޮށްލެވޭ ފޯނަށް ވާނެ ކަމަށް ރިވިއުތަކުގައިވެ އެވެ. މި ފޯނު 30 މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖި އިން ޗާޖު ކޮށްލެވެ އެވެ.