ދޮންނަ މެޝިނެއް ގަންނައިރު ބަލަން ޖެހޭ އެންމެ މުހިންމު ކަމަކީ ހަރަދެވެ. މެޝިންގެ ފެނުގެ ހަރަދެވެ. އެހެން ނޫނީ މެޝިނު ބޭނުން ކުރަން ފަށާ ހިސާބުން ކަރަންޓު ބިލާއި ފެންބިލް ބޮޑުވުމުގެ ބިރު އޮންނާނެ އެވެ. އެކަންވާނީ ޖީބަށް ކުރިމަތިވާނެ އިތުރު ބުރަ އަކަށެވެ.
ހަރަދު ކުޑަ ފެންވަރު ރަނގަޅު ދޮންނަ މެޝިން ހުރޭ ހެއްޔެވެ؟ އެ ބްރޭންޑަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގައި މި ދޮންނަ މެޝިން ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟ މީގެ މެޝިނެއްގެ މޮޅު ކަމަކީ ކޮބައި ހެއްޔެވެ؟
ދޮންނަ މެޝިންގެ މާކެޓުގައި "ބޯޝް" އަކީ މިހާރު އެއް ނަމްބަރު ކަމަށް ބުނެ އުޅެ އެވެ. "ބޯޝް" ދޮންނަ މެޝިން ރާއްޖޭގައި ވިއްކަނީ އީވޯ ހޯމް އިންނެވެ.
ބޯޝް ދޮންނަ މެޝިން އުފައްދާފައިވަނީ ހައުސް ހޯލްޑް ބޭނުން ތަކަށް ބަލައިގެންނެވެ. ގޭގެ އާއްމު ދިރިއުޅުމުގައި ބޭނުންކޮށްލަން ފަސޭހަ އެއްޗެއްގެ ގޮތުގަ އެވެ.
މި ދޮންނަ މެޝިން އުފައްދާފައިވަނީ ހާއްސަ ދެ ފަންކްޝަނެއްގައި ހިމެނޭ ގޮތަށެވެ. މި ދެ ފަންގްޝަގެ ސަބަބުން މި މެޝިން ހާއްސަ ވެގެންދެ އެވެ. ބޯޝް މެޝިންގައި ހިމަނާފައިވާ ސްޕީޑް ޕާފެކްޓް ފަންކްޝަން އަކީ ބިޒީކޮށް، ލައިނުގަނެގެން އަވަހަށް ތަންތަނަށް ދާ މީހުންނަށް ހާއްސަ ފަންކްޝަން އެކެވެ. މެޝިނަށް ހެދުން ލުމަށްފަހު މި ފަންގްޝަން ހިޔާރު ކުރުމުން ހީވެސް ނުކުރާހާ އަވަހަށް ދޮވެވެ އެވެ.
އަދި މި މެޝިނަކީ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެކެވެ. މި ވެސް މެޝިންގެ ހާއްސަ ސިފަ އެވެ. މި މެޝިންގައި ހިމެނޭ އިކޯ ޕާކެކްޓް ފަންގްޝަންގެ ސަބަބުން ފެނުގެ ހަރަދާއި މެޝިން ބޭނުން ކުރާ ގަޑިތަކުގައި ކަރަންޓުގެ ހަރަދު ވެސް ބޮޑުތަން ކުޑަކޮށްދެ އެވެ. ކުޑަ މިސާލަކަށް ބަލައިލަމާ ހެއްޔެވެ. މި ދެ ފަންގްޝަންގެ ސަބަބުން އެއް ގަޑިއިރަށް ބަލާނަމަ ކަރަންޓު ބޭނުން ކުރާ ވަރު 65 ގުނަ ކުޑަކޮށްދެ އެވެ.
އަޑު ގަދަ ވެގެން ހާސް ކަމެއް ނެތް!
މި މެޝިން ހާއްސަވާ އަނެއް ކަމަކީ އަޑު މަޑުވުމެވެ. މި މެޝިންގައި ހިމަނާފައިވާ "އިކޯ ސައިލެންސް" ފީޗާގެ ސަބަބުން އަޑު މަޑުކޮށްދެ އެވެ. މި ފީޗާގެ ސަބަބުން މެޝިން ޖައްސާފައި ހުންނައިރު އެއްގޮ ތަކަށް ވެސް ނޭނގޭނެ އެވެ.
މި މެޝިން ލިބޭނީ އީވޯ އިން
ބޯޝްގެ އުފެއްދުންތައް މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ވިއްކަނީ އީވޯ އިންނެވެ. އެ ކުންފުނީގައި ބޯޝްގެ މި މޮޅު މެޝިން ވިއްކަނީ މިހާރު ކުރި އަށް ދާ ޕްރޮމޯޝަންގައި 7،000ރ. އަށެވެ. މި ދޮންނަ މެޝިންއަކީ ކުރިން 9،000ރ. އަށް ވިއްކާ އެއްޗެކެވެ.
މި ހުރިހާ ހާއްސަ ފީޗާ ތަކާއެކު ބޯޝްގެ ދޮންނަ މެޝިން މިވަނީ ހާއްސަ އެއްޗަކަށެވެ. މި މެޝިންގެ އެންމެ ހާއްސަ ސިފައަކީ ބޭނުންކޮށްލަން ފަސޭހަވެފައި ހަރަދު ކުޑަވުމެވެ.