ރިޕޯޓް

ހާތީއާޓާ: ތާޒާކަމާއި ޔަގީންކަން

Mar 26, 2019
1

"ހާތީ އާޓާ" ގެ އުފަންވުން އަންނަނީ ބައި ގަރުނު ކުރި އަށެވެ. ނަވާރަ ސަތޭކަ ފަސް ދޮޅަހުގެ ކުރީކޮޅާ ހަމައަށެވެ. އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 1942 ޖަގުލް ކިޝޯރު ޖީ އުފެއްދި ކުޑަ ވިޔަފާރި އަކުން އުފަންވި ބޮޑު ގަހެއްގެ ގޮތުގަ އެވެ. އެ ދުވަހުން ފެށިން މިއަދާ ހަމަ އަށް ދުނިޔޭގެ އެތަށް މިލިއަން ބައެއްގެ އިތުބާރު މި ބްރޭންޑު ހޯދާފައިވާ މޮޅު އާޓާ ފުށުގެ މި ބްރޭންޑް ވެގެން ދަނީ ގިނަ އާއިލާތަކުގެ ބައިވެރިވެއްގެ ގޮތުގަ އެވެ.

ބޮޑެތި ރެސްޓޯރެންޓުތަކުގެ ބޮޑު ކައްކާއިންގެ އެންމެ އިތުބާރު ލިބިފައިވާ ތާޒާ އާޓާ ފުށުގެ ގޮތުގަ އެވެ. ބޮޑެތި ހަފުލާތަކުގައި ސުފުރާ ފަޅު ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި މި ބްރޭންޑުން އުފައްދާފައިވާ "ހާތީ އާޓާ" އަކީ ސިއްހީ ގޮތުން ބަލާ އެންމެ މަތީ މިންގަނޑުތަކާއި ދުނިޔޭގެ ގިނަ ނިއުޓްރިޝަން އެކްސްޕާޓުންގެ އިތުބާރު ވެސް ލިބިފައިވާ އެއް ބްރޭންޑުގެ ގޮތުގަ އެވެ. މި އާޓާ ފުށް މީހުންގެ މެދުގައި މަގުބޫލުވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

100 ޕަސެންޓް އިންޑިއާގެ އުފެއްދުމެއް!

ހާތީ އާޓާ މަޝްހޫރުވެފައިވަނީ ސީދާ އިންޑިއާގެ އުފެއްދުމެއްގެ ގޮތުގަ އެވެ. އިންޑިއާގެ ދަނޑު ތަކުން ކަނޑާ ތާޒާ ގޮވާމުން ތައްޔާރު ކުރާ މި އާޓާ ފުށަކީ އެ ގައުމުން ބޭރު މާއްދާއެއް ނުލައި އުފައްދާ ބްރޭންޑެއްގެ ގޮތުގަ އެވެ. ސުވާލަކީ އާޓާގެ އެހެން ބްރޭންޑުތައް އުފައްދަނީ އިންޑިއާއިން ބޭރު މާއްދާތައް ހިމަނައިގެން ހެއްޔެވެ؟

އާޓާގެ ގިނަ ބްރޭންޑުތައް ހުންނަނީ ބައެއް މާއްދާތައް އިންޑިއާ އަށް އެކްސްޕޯޓް ކޮށް ރީ- ޕެކް ކޮށްފަ އެވެ. ނަމަވެސް ހާތީ އާޓާ މީހުންގެ މެދުގައި މަގުބޫލު ވަނީ "ފްރީ ފްރޮމް ފޮރިން މެޓާސް" ބްރޭންޑެއްގެ ގޮތުގަ އެވެ. މާނައަކީ ހާތީ އާޓާ އުފައްދަން ބޭނުން ކުރާ ގޮވާމާއި މި ނޫން ހުރިހާ މާއްދާއަކީ ސީދާ އިންޑިއާގައި ތައްޔާރު ކުރާ 100 ޕަސެންޓް އިންޑިއަން ޕްރޮޑަކްޓް އަކަށްވުމެވެ. ޓެސްޓްކޮށް ބަންދު ކުރުމާއި ހުރިހާ ޕްރޮސެސްތަކެއް ވެސް ފޮލޯކުރަނީ އިންޑިއާގަ އެވެ.

2019 ގެ އެންމެ ވަރުގަދަ ފުށުގެ އެއް ބްރޭންޑް

ފުށުގެ ބާވަތްތަކަކީ ދުނިޔޭގައި މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް އޭޝިއާގައި ފުށަކީ ކެއުމުގެ މުހިންމު އެއް ބައެވެ. އެހެންވެ ފުށުން އުފައްދާ ބާވަތްތައް މިން ކުރުމާއި ގިންތި ކުރުމަކީ އެކްސްޕާޓުން ކުރާ ކަމެކެވެ. އެ މިންގަނޑުތައް ދީ ވަނަތައް ކަނޑައަޅަނީ އޭގެ ފެންވަރާއި ކޮލިޓީ އަދި ތާޒާ ކަމަށް ބެލުމަށްފަހު އެވެ.

"ވޯލްޑް ބްލާޒް" އިން އެކުލަވާލީ މި އަހަރުގެ އިންޑިއާގެ އެންމެ ވަރުގަދަ އާޓާ ބްރޭންޑުގެ ތެރޭގައި ޗަކްތީ ފްރެޝް އާޓާ ހިމެނިފައިވެ އެވެ. މި އާޓާ ބްރޭންޑު އެ ލިސްޓުގައި ހިމަނަމުން އެ ކުންފުނިން ބުނެފައިވާ ގޮތުން މި ލިސްޓަށް ހާތީ އާޓާ އެރުމުގެ މައިގަނޑު އެއް ސަބަބަކީ ފުށެއްގައި ހުންނަން ޖެހޭ ހުރިހާ މިންގަނޑުތަކެއް ހަމަވުމެވެ. ކޮލިޓީ ފުށެއްގައި ނަމަ ހަމަވަން ޖެހޭ ބަހާތައް ކަމަށްވާ ޕްރޮޓީން އާއި އަޔަން އަދި ވައިޓަމިން ހުރުމެވެ. އަދި އާޓާ ފުށެއްގައި ނަމަ ހުންނަން ޖެހޭ ޑައިޓްރީ ފައިބާ ފަދަ މާއްދާތައް އެންމެ އެކަށީގެންވާ މިންވަރެއްގައި މި އާޓާ ފުށުގައި ހުރުމެވެ.

ޔަގީނުން ވެސް މި ފުށުގެ މޮޅުކަން އެނގިއްޖެ އެވެ. ސުވާލަކީ އާޓާ ފުށް ރާއްޖެ އިން ލިބޭނެ ހެއްޔެވެ؟ ކަސްޓަމަރުންނަށް މި މޮޅު ޗޮއިން ހޯދަން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ހާތީ އާޓާ ލިބެން ހުންނަނީ ޕިރަމިޑުންނެވެ. އެ ކުންފުނިން މި ބްރޭންޑުގެ ރެސްޓޯރެންޓްތަކަށް ހާއްސަ ބޮޑެތި ސައިޒުގެ ޕެކެޓާއި ގޭގޭގެ ބަދިގެ ތަކަށް ފިޓުވާ ކުދި ސައިޒުގެ ޕެކެޓު ވެސް ވިއްކަ އެވެ.