ވިޔަފާރި

ޕިރަމިޑުން ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑޫ ތައާރަފުކޮށްފި

May 30, 2019
2

ހަނޑުލަށް ދޭ، އެންމެ މަތީ ސްޓޭންޑަޑް ދީފައިވާ "ޒީބާ ޕްރިމިއަމް ބާސްމަތީ ރައިސް" ޕިރަމިޑުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ޕިރަމިޑުން ހޯލްސޭލް ކޮށް އަދި ރީޓެއިލްކޮށް ހާއްސަ އަގުތަކެއްގައި ވިއްކާ ޒީބާ ބާސްމަތީ ހަނޑުލުގެ ދެ ސައިޒެއް ލިބެން ހުރެ އެވެ. ޕިރަމިޑުން ފަސް ކިލޯގެ ބޮޑު ބަސްތާ އާއި އެއް ކިލޯގެ ކުދި ބަސްތާ ވެސް ލިބެން ހުރެ އެވެ. މި ހަނޑުލުގެ އެންމެ ހާއްސަ އެއް ކަމަކީ މި އަށް "1121" ސްޓޭންޑަޑް ދީފައިވުމެވެ.

"1121" ސްޓޭންޑަށް ދެނީ ވަކި ފެންވަރެއްގައި އުފައްދާ ހަނޑުލަކަށެވެ. އަދި މި ސްޓޭންޑަޑް ދީފައި ހުންނަ ހަނޑުލުގެ ފުއް ބޮޑުވާނެ އެވެ.

ޕިރަމިޑުން ބުނި ގޮތުގައި ޒީބާ ބާސްތަމީ ހަނޑޫ ހަނޑުލަކީ ބިރިޔާނީ ފަދަ ކެއުންތަކަށް ހާއްސަ ހަނޑުލެއް ކަމަށެވެ. މީގެ ހާއްސަ ކަމަކީ އާއްމުކޮށް ލިބެން ހުންނަ ބާސްމަތީ ހަނޑުލަށްވުރެ ފުއް ބޮޑުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ކުރިއަށް އޮތީ އީދު. އީދަކީ ގިނަ ގޭގޭގައި ބިރިޔާނީ ކައްކާ ދުވަހެއް. އެހެންވެ މި ހަނޑުލަކީ ބިރިޔާނީ ތައްޔާރު ކޮށްލަން ވަރަށް ހާއްސަ އެއްޗަކަށްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޒީބާ ބާސްމަތީ ހަނޑޫ ނުކައްކަ ހުންނައިރު 8.4 މިލިމީޓަރު ހުރެ އެވެ. ނަމަވެސް މި ހަނޑޫ ކައްކަންވާ ގޮތަށް ޕްރޮފެޝަލްކޮށް ކައްކާލުމުން ފުއްތަކުގެ ސައިޒު 22 މިލިމީޓަރަށް ބޮޑުވެ އެވެ. އެހެންވެ މި ހަނޑުލަކީ ގިނަ އަދަދެއްގެ ކައްކާއިންގެ މެދުގައި ބިރިޔާނީ ކައްކަން މަގުބޫލު އެއްޗަކަށް ވަނީ ވެފަ އެވެ.

ޕިރަމިޑުން ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑުލުގެ އެއް ކިލޯގެ ބަސްތާއެއް ވަކިން ވިއްކަނީ 36ރ. އަށެވެ. އަދި ފަސް ކިލޯގެ ބަސްތާއެއް ވަކިން ވިއްކާ އަގަކީ 178ރ. އެވެ. އަދި މި ހަނޑޫ ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ހާއްސަ އަގެއްގައި އެ ކުންފުނިން ވިއްކަ އެވެ.

އެ ކުންފުނިން ވަނީ ޒީބާ "1121" ބްރޭންޑަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށަން ވެސް ނިންމާފަ އެވެ. އެގޮތުން ކޮންމެ 11 ވަނަ ކަސްޓަމަރަކަށް އަދި ކޮންމެ 21 ވަނަ ކަސްޓަމަރަކަށް ޕްރިމިއަމް ބާސްމަތީ ހަނޑުލުގެ އެއް ކިލޯ ޕެކެޓެއް ދޭނެ އެވެ.

މި ހަނޑޫ އުފައްދަކީ އިންޑިޔާގެ ފޯސްޓްރާ ކުންފުންޏެއް ކަމަށްވާ ސަޕުލް ޓެކް ކުންފުނިންނެވެ. އެ ކުންފުނިން އިންޑިއާގެ 40 ސިޓީއަކާއި ދުނިޔޭގެ 40 ގައުމަށް އަހަރަކު ފަސް ލައްކަ މެޓްރިކް ޓަނުގެ ހަނޑު އެކްސްޕޯޓް ކުރެ އެވެ.