މިއަހަރުގެ ލޯބިވެރިންގެ ދުވަހުގައި ލޯބިވެރިޔާއާ އެކު ހޭދަކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 20 މިނެޓުގެ ދަތުރަކަށްފަހު ދެވޭހާ ކައިރީގައި އޮތް ކްރޮސްރޯޑްސް މޯލްޑިވްސް އެވެ.
މި ރިސޯޓް ކޮމްޕްލެކްސްގައި ހިމެނޭ ސާއީ ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ވެލެންޓައިންސް ޑޭއާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
ސާއީ ލެގޫން މޯލްޑިވްސްގައި ވެލެންޓައިންސް ޑޭގެ މުނާސަބަތުގައި ލޯބިވެރިންނަށް ހާއްސަ ކޮކްޓެއިލް މޭކިން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ވެލެންޓައިންސް ޑިނަ ބުފޭއެއް ލައިވް ބޭންޑް މިއުޒިކާއެކު ކުރިއަށް ގެންދާނެ އެވެ. އަދި ޕްރައިވެޓް ބީޗް ޑިނައެއް އިންތިޒާމު ކޮށްދޭނެ އެވެ.
ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ލޯބިވެރިންނަށް ހާއްސަ ޔޯގާ ސެޝަންތަކާއި، ވެލެންޓައިންސް ސްޕެޝަލް ސަންޑައުން ރިޗުއަލްއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މި ހަރަކާތުގައި ކެނަޕޭސްއާއި ލައިވް އެކޫސްޓިކް މިއުޒިކް ހިމެނެ އެވެ. އަދި ރޭގަނޑުގެ ވަގުތުގައި ވެލެންޓައިންސް ޑޭއަށް ހާއްސަ ބުފޭއެއް އޮންނާނެ އެވެ.
ލޯބިވެރިންގެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ [email protected] އަށް އީމެއިލްކޮށްލައިގެން ނުވަތަ 6651200 ނަންބަރަށް ގުޅާލުމުން އެ މައުލޫމާތެއް ލިބޭނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ތިން ރިސޯޓާއި، 30 ބަނދަރު، ހާޑް ރޮކް ކެފޭ، ޝޮޕިން އަދި ރެސްޓޯރަންޓްތައް ހިމެނޭ، ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް ޑެސްޓިނޭޝަން ކޮންސެޕްޓްގެ ރިސޯޓެވެ. މި ތަން ތަރައްގީކޮށްފައިވަނީ އެސް ހޮޓެލްސް އެންޑް ރިސޯޓްސް ޕަބްލިކް ކޮމްޕެނީ ލިމިޓެޑް އަދި ސިންގާ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ.