ޕިރަމިޑް

މާރީ ބިސްކޯދާއި ޗޮކްލެޓުގެ ފައްކާ ޕްރޮމޯޝަނެއް!

Apr 19, 2019
1
މި ޕްރޮމޯޝަންގައި ރިޓްޒްބަރީ ޗޮކުލެޓާއި މާރީ ބިސްކޯދު ބަންޑްލް އެއް 60 ރުފިޔާ އަށް ވިއްކާ --
0%
0%
0%

ރޯދަ މަހު ރޯދަ ވީއްލާ ވަގުތު ފޮނި އެއްޗެއް މޭޒު މަތީ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކި ކަހަލަ ފޮނި އެއްޗެހިން ރޯދައިގެ ޑެޒާޓް ބައި ފުރިހަމަ ކޮށްދޭ އިރު ދިވެހިންނަށް ފަހަކަށް އައިސް އެންމެ މަގުބޫލު ވެފައި ވަނީ ބިސްކޯދާއި ޗޮކުލެޓުގެ މި ތަފާތު ކޮމްބިނޭޝަނެވެ. މާރީ ބިސްކޯދާއި ޗޮކުލެޓުގެ މީރު ރަހައިން ސުފުރާ މަތީގެ ފޮނި ހެޔޮ ވަރު ކޮށްލަ އެވެ. ބިސްކޯދު ޕުޑިންގް އާއި ބިސްކޯދު ފަޖް އަދި މެގްނަމް ޕުޑިން އަދި މި ނޫންވެސް އެކި ނަން ނަން ކިޔައިގެން ނަމަވެސް ރޯދާ ވީއްލާ ގަޑިއަށް މި ދެ ބާވަތް އެއްކޮށް ތަފާތު އެކި ރެސިޕީތަކަށް ފޮނި ކެއުން ތައްޔާރު ކުރެ އެވެ.

މަންޗީ މާރީ ބިސްކޯދާއި ޗޮކްލެޓް ހިމަނައިގެން ފޮނި ކާއެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް "ޕިރަމިޑް" އިން މިހާރު ވަނީ މާ ބޮޑަށްވެސް ފަސޭހަ ކޮށްދީފަ އެވެ. މާރީ ބިސްކޯދު ޕެކެޓާއި ޗޮކުލެޓް އެއްކޮށް "ބަންޑްލް" އެއް ހަދައި ހެޔޮ އަގެއްގައި ރޯދައަށް ހާއްސަކޮށް ޕްރޮމޯޝަން އެއް ޕިރަމިޑުން ފެށީ އެވެ.

މަންޗީ މާރީ ބިސްކޯދުގެ 400 ގްރާމް ޕެކެޓަކާއި ރިޓްޒްބަރީ ކުކިން ޗޮކޮލެޓްގެ 400 ގްރާމްގެ ޗޮކޮލެޓެއް 60 ރުފިޔާއަށް ހަދައި މި ބަންޑްލް ޕިރަމިޑް ކުންފުނިން އަންނަނީ ވިއްކަމުންނެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަމަހުގެ ނިޔަލަށް --

ޕިރަމިޑުން ބުނީ، މި ޕްރޮމޯޝަންގައި މާރީ ބިސްކޯދާއި ރިޓްޒްބަރީ ކުކިންގް ޗޮކްލެޓް ވަކިން ގަތުމަށްވުރެ މި ބަންޑްލް އެކުގައި ގަނެގެން ފައިދާ ކުރާނެ ކަމަށެވެ.

"އާއްމުކޮށް ރިޓްޒްބަރީ ޗޮކުލެޓު ވިއްކާނީ 85 ރުފިޔާ އަށް. މި ޕްރޮމޯޝަންގައި ކުކިންގް ޗޮކުލެޓާއެކު މާރީ ބިސްކޯދު ޕެކެޓެއް 60 ރުފިޔާ އަށް ވިއްކާނެ" ޕިރަމިޑްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕިރަމިޑުން ހުޅުވާލި މި ޕްރޮމޯޝަން ހާއްސަވަނީ، މި ބަންޑްލް ޕެކްގައި ހިމަނާފައިވާ ރެސިޕީތަކުގެ ސަބަބުންނެވެ. މާރީ ބިސްކޯދާއި ރިޓްޒްބަރީ ކުކިންގް ޗޮކްލެޓް ބޭނުން ކޮށްގެން ފަސޭހައިން ހަދާލެވޭނެ ތިން ރެސިޕީ އެއް ހިމަނާފައި ވެ އެވެ. ބިސްކޯދާއި ޗޮކުލެޓް އެއްކޮށް އެކި ދުވަހަށް އެކި ރެސިޕީތައް ހެދޭނެ އެވެ.

ޕިރަމިޑަކީ ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ ގިނަ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ކުންފުންޏެއް --

މިހާރު ވެސް ފަށާފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ ދަށުން ރީޓެއިލް ކޮށް ވިއްކާ ފަރާތްތަކަށް މީގެ ފޮއްޓެއް 318 ރުފިޔާ އަށް ލިބޭނެ އެވެ.

ޕިރަމިޑަކީ ދިވެހީންގެ މަގްބޫލުކަން ހޯދާފައިވާ ގިނަ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ކުންފުންޏެކެވެ. ޕިރަމިޑް ފިހާރަ ހުންނާނީ އެސްޓީއޯ ޓްރޭޑް ސެންޓަރު ކުރިމަތީގަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910