ވިޔަފާރި

މެރަދޫ ރިސޯޓު ރީބްރޭންޑްކޮށް ހުޅުވައިިފި

May 13, 2019
2

ޖުމައިރާ ދެވަނަފުށި ހިންގަމުން ދިޔަ ގއ. މެރަދޫ "ރެފްލްސް މޯލްޑިވްސް" ގެ ނަމަށް ރީ-ބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާގައިވާ ގޮތުގައި މި ރިސޯޓް ހުޅުވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ސިންގަޕޫރުގެ އެންމެ ވަރު ގަދަ ހޮޓެލް ޗެއިން ކަމަށްވާ އެކޯ ހޮޓެލްސްގެ ބްރޭންޑެއްގެ ގޮތުގައި ހިންގާ، މި ރިސޯޓު ރީބްރޭންޑް ކޮށް އަލުން ހުޅުވިއިރު، ރިސޯޓުގައި 21 އައިލެންޑް ވިލާ އާއި 16 އޯޝަން ވިލާ ހުރެ އެވެ. އަދި ރިސޯޓުގައި 24 ގަޑިއިރު ބަޓްލާ ހިދުމަތުގެ އިތުރުން ޔޯގާގެ ހިދުމަތާއި މޫދު ކުޅިވަރުގެ ގިނަ ހިދުމަތްތައް ވެސް ލިބޭނެ އެވެ.

ރެފްލްސް މޯލްޑިވްސް މެރަދޫ އަކީ ސިންގަޕޫރުގެ އެކޯ ހޮޓެލްސްއިން ރާއްޖޭގައި ހުޅުވި ހަތަރު ވަނަ ރިސޯޓެވެ.