ޓްރާންސްޕޯޓް އޮތޯރިޓީ

އަންނަ މަހު ޓެކްސީ މީޓަރު ބޭނުން ކުރަން ފަށަނީ

ޓެކްސީއެއް- އަންނަ މަހުން ފެށިފެން ޓެކްސީ ދަތުރުތަކަށް އަގު ނަގާނީ ޓެކްސީ މީޓަރު ބޭނުންކޮށްގެން- --އަވަސް ފޮޓޯ
100%
0%
0%

އަންނަ ޖޫން މަހުން ފެށިގެން ޓެކްސީ ތަކުގައި ކުރާ ދަތުރުތަކަށް އަގު ނަގާނީ ޓެކްސީ މީޓަރު ބޭނުން ކޮށްގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖް މަތީގައި ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، މީޓާ ޓެކްސީ ރާއްޖެއަށް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފަ ވަނީ މިދިޔަ ޖެނުއަރީ މަހު 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވަނީ ހެލްމެޓް ތައާރަފުކޮށްފަ އެވެ.

ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މީޓާ ޓެކްސީގެ ދަތުރު ފެށުމުގެ އަގު 25 ރުފިޔާއަށްވުރެ އިތުރެއް ނުވާނެ ކަމަށެވެ. އަދި މީޓާ ހުރި ނަމަވެސް މާލޭގެ ތެރޭގައި ނަމަ ކޮންމެ ދަތުރަކަށް ވެސް ނަގަނީ 25 ރުފިޔާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވިޔަސް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ، ޓެކްސީ މީޓަރުން ނަގާ އަގުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިންމައި އަގުތައް އަންނަ މަހު އިއުލާން ކުރާނެކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678