ހަބަރު

އީދު ދުވަހު ހަވީރު، 4-7 އަށް ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި

Jul 16, 2015

އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އެ ރޭ 7:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ހަމަޖައްސައިފި އެވެ.

އެ އޮތޯރިޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އީދުގެ އުފާ ގިނަ ބަޔަކު ފާހަގަ ކުރަން އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެ ވަގުތު ތެރޭގައި ހުއްދަ ނެތި އުޅަނދުތައް ދުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ޓެކްސީތަކާއި ޕިކަޕްތަކާއި އެމްބިއުލޭންސް ފަދަ ކޮންމެހެން ވެސް އުޅަނދުތައް ދުއްވަން ޖެހޭ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕަބްލިކް ބަހާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލަށް ވެސް ދުއްވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

އެ ހުއްދަ ނުނަގައި ވެހިކަލް ދުއްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

މިފަހަކަށް އައިސް ކޮންމެ އީދެއްގައި ވަކި ވަގުތުތަކެއް އުޅަނދުތައް ނުދުއްވޭ ގޮތަށް ބަންދު ކުރެ އެވެ.