ރައީސް އަމީންގެ ރެސިޕީ

ރަައީސް އަމީންގެ ރެސިޕީ: ރިހާކުރު ގަރުދިިޔަ

ރިހާކުރު ގަރުދިޔަ އޭ ތޯ އެވެ؟ އިތުރު ތައާރަފު ކުރުމަކަށް ބޭނުންވޭތޯ އެވެ؟ ރިހާކުރު ގަރުދިިޔަ ނުދަަންނަ ދިވެއްސަކަށް ދިވެއްސެކޭ ކިޔުމުގެ އެއްވެސް ހައްގެއް ނެތްކަން ކަށަވަރެވެ. އާދޭހެވެ! ރިހާކުރު ގަރުދިޔަ އަކީ ދިވެހިންނަށް ހާއްސަ "ދިޔަ" ތަކުގެ ތެރެއިން، ވަރަށްވެސް ހާއްސަ ދިޔަ އެކެވެ.

ބޭނުންތަަކެތި

ރިހާކުރު
ބިލިމަގު
ހިކިމިރުސް
ލޮނު

ކައްކާނެ ގޮތް

އެއްޗެހިތައް އަޅާނެ ވަރުތޯ އެވެ؟ ރިހާކުރު ގަރުދިިޔަ ކެއްކެވުމުގައި، އެއްޗެތި އަޅުއްވާނެވަރު، ހޯއްދެވުމުގެ މަސްއޫލިއްޔަތު ވާނީ ތިޔަބޭފުޅުންގެ ކޮޑުފުޅުގައި އަޅުއްވާފަަ އެވެ...
އެންމެފުރަތަމައިން، .. ރަގަޅަށް ރަހަދޭ ވަރަށް ރިހާކުރު ފެނުގާ ގިރުއްވާށެވެ. ދެން ލޮނު ހެޔޮވަރު ކުރެއްވުމަށްފަހު، އުދުންމައްޗަށް އުއްދަވައި ކައްކަވަން ފަށްޓަވާށެވެ. ކެކޭން ފަަށައިގަތުމާއެކު ފިއްލެޔޮ ނަންގަވާން ވާނެ އެވެ. .. ބާލަން ކައިރި ވީމާ، ހެޔޮވަރު ވާނޭ ހީފުޅުވާ ވަރަަށް ހިިކި މިރުހާއި ބިލިމަގު އަަޅުއްވާށެވެ. ރަގަޅަށް ކެކުނީމާ، ބާލުއްވާށެވެ.