އަގްއޭރޯ

އަގުއޭރޯ ދެއްކި ވާހަކައިން ހޫނުފެނަށް

ބެލަންޑޯ އެވޯޑް ލިބޭނީ، ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދެވުމުން ކަމަށް މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ ކުން އަގުއޭރޯ ބުނުމުން ހޫނު ފެނަށް ވެއްޓި ފާޑުކިޔުންތައް އަމާޒު ވެއްޖެ އެވެ.

މެންޗެސްޓާ ސިޓީ ވަނީ، މި ސީޒަންގެ ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުން ކަޓާފަ އެވެ. އަގުއޭރޯ ގަބޫލު ކުރާ ގޮތުގައި ބެލަންޑޯ ލިބެންޖެހޭނީ ލިވަޕޫލް ނުވަތަ ޓޮޓެންހަމް ހޮޓްސުޕާގެ ކުޅުންތެރިޔަކަށެވެ.

"އަހަންނަށް ހީވަނީ ބެލަންޑޯ އެވޯޑް ހޯދަންޏާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދާން ޖެހޭނެ ހެން، އެ މައްސަލައެއް ނެތް ކޮންމެ ގޮތެއް ވިޔަސް." އަގުއޭރޯ ބުންޏެވެ.

އޭނާ މިހެން ބުނުމުން، އެ ބުނަނީ މި އަހަރުގެ ބެލަންޑޯ އެވޯޑް މެސީއަށް ނުލިބެންޖެހޭނެ ވާހަކަ ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ. އެކަމާ ގުޅިގެން އަގުއޭރޯ ހޫނު ފެނަށް ވެއްޓި، އޭނާ އަށް ފާޑު ކިޔުންތައްް އަމާޒުވި އެވެ.

ފަހުން އަގުއޭރޯ ބުނީ، މެސީއަށް ބެލަންޑޯ އެވޯޑް ލިބެން ނުޖެހޭ ވާހަކަ އޭނާ ނުބުނާ ކަމަށެވެ. އޭނާ ބުނީ އޭނާ ދެއްކި ވާހަކައެއް ފަހުން އޭތި ސާފް ކޮށްދިނުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭނާ ދެއްކި ވާހަކައިން އެހެން މާނައެއް ދޭހަކޮށް ނުދައްކާ ވާހަކައެއް ފަތުރާނަމަ އެކަން ސާފް ކޮށްދޭން ޖެހޭ ކަމަށެވެ.

ޓްވިޓާގައި އޭނާ ބުނީ، އޭނާ ގަބޫލު ކުރަނީ އެހެން ކަމަށާއި ނަމަވެސް މެސީ ކުޅޭހާ ހިނދަކު އޭނާއަށް ބެލަންޑޯ ހައްގުވާ ކަމަށެވެ.

އަގުއޭރޯއަށް އިތުރަށް ފާޑު ކިޔުން އަމާޒުވީ އޭނާ ދެއްކި ވާހަކަ ދެކޮޅު ނުޖެހޭކަން މީގެ ކުރިން ސާބިތު ވެފައި ވުމުންނެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލަށް ނުދިޔަ ނަމަވެސް، މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބެލަންޑޯ އެވޯޑް ހޯދާފަ އެވެ.

އޭގެ ކުރިން އެހްނަތަރިން ކަމަށްވާ، ބްރެޒިލް ރޯނާލްޑީނިއޯ އާއި ރޮނާލްޑޯ ނަޒާރިއޯ އަދި ރިވާލްޑޯވެސް ވަނީ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ނުގޮސްވެސް ބެލަންޑޯ އެވޯޑް ހޯދާފަ އެވެ.