ކުޅިވަރު

ހެޓްރިކްގެ ރެކޯޑް އަގުއޭރޯ މުގުރާލައިފި

އެސްޓަން ވިލާ މައްޗަށް 6-1 ން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސާޖިއޯ ކުން އަގުއޭރޯ ހެދި ޕްރިމިއާ ލީގްގެ ހެޓްރިކްގެ ރެކޯޑާއެކު ސިޓީ ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.

އަގުއޭރޯ ރޭ ގެ މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ، ނިއު ކާސަލްގެ ލެޖެންޑް އެލަން ޝިއެރާ ހަދާފައިވާ ރެކޯޑް މުގުރާލާފަ އެވެ. ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަ އަގުއޭރޯ ރޭ ހެދި ހެޓްރިކަކީ ޕްރމިއާ ލީގްގައި އޭނާ ހެދި 12 ވަނަ ހެޓްރިކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ވަރުގަދަ ލެޖެންޑުންގެ އަތުން އަގުއޭރޯ އެ ރެކޯޑް ނެގުމުން އޭނާ އަށް މަރުހަބާ ކިޔާ ކަމަށެވެ. "އޮންރީ ޝިއެރާމެން ފަދަ ލެޖެންޑްގެ ރެކޯޑް އޭނާ މުގުރާލީމަ އޭގެއިން އެބަ ދޭހެ ކޮށްދޭ އޭނާއަކީ އެއް ސީޒަން ނުވަތަ ދެ ސީޒަންގައި ލަނޑު ޖަހާ ކުޅުންތެރިޔެއް ނޫން ކަން، އޭނާ އަކީ ފެށުނީންސުރެ ގިނަ ލަނޑުތަކެއް ޖަހާ ކުޅުންތެރިޔެއް." ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ މަސައްކަތް ކުރި ފޯވަޑުންގެ ތެރެއިން އަގުއޭރޯ ހިމަނާނީ ކިތައް ވަނައިގައިތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ މެސީއަށް ފަހު އަގުއޭރޯ ކަމަށެވެ. ރޭގެ މެޗުގައި ސިޓީގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރިޔާދު މަހްރޭޒް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ފެނާންޑޯ ގެބްރިއަލް ޖެސޫސް އެވެ.

އަގުއޭރޯ އާ ބެހޭންގޮތުން، ވިލާގެ ކޯޗް ޑީން ސްމިތު ބުނީ އަގުއޭރޯ އަކީ ވަރުގަދަ ސްޓައިކަރެއް ކަމަށާއި އޭނާ ގޯލްތަކުން އެކަން ހާމަ ވެގެންދާ ކަމަށެވެ.