ހަބަރު

އަވަސް ރޯދަ ސުވާލުގެ ފުރަތަމަ 10 އެއްގެ ނަސީބުވެރިޔާ ހޮވައިފި

އަގު ބޮޑު އިނާމުތަކެއް ހިމަނައި މުޅި ރޯދަ މަހަށް ބަހާލައިގެން އަވަސް އިން ކުރިޔަށް ގެންދާ "އަވަސް ރޯދަ ސުވާލު" މުބާރާތުގެ ފުރަތަމަ 10 ގެ އިނާމުތައް ލިބޭ ނަސީބު ވެރިޔާ ހޮވައިފި އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އަވަސް އޮންލައިންގެ ކިއުންތެރިންނަށް ހާއްސަ އިނާމުތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ ސުވާލު މުބާރާތް އޮންނާނީ ރޯދަ މަހުގެ ތިން ދިހައަކަށް ބެހިގެންދާ ގޮތަށް ނޫހުގައި ޝާއިއުކުރާ އާންމު މައުލޫމާތުގެ ސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބުދޭ ގޮތަށެވެ.

މުބާރާތުގެ ސުވާލުތައް ރޯދައިގެ ތިން ދިހައަށް ބަހާލާފައިވާއިރު މިއަދު ކުރިޔަށް ގެންދިޔަ ފޭސްބުކު ލައިވެއްގައި ވަނީ ފުރަތަމަ 10 އެއްގެ އިނާމުތައް ލިބޭ ނަސީބުވެރި ފަރާތް ހޮވާފަ އެވެ. އެގޮތުން ރަނގަޅު ޖަވާބު ދިމާކުރި އެތައް ހާސް ބައެއްގެ ތެރެއިން ނަސީބުވެރިއަކަށް ހޮވިފައިވަނީ، 7831582 މި ފޯނު ނަންބަރުގެ ވެރިފަރާތެވެ.

ސުވާލު މުބާރާތުގެ ފުރަތަމަ 10 އެއްގެ އިނާމަކީ އީވޯއިން ދޭ "ބޯޝް" މަރުކާގެ ދޮންނަ މެޝިނަކާއި "ލޮޓަސް" އިން ދޭ ބައިސްކަލަކާއި މާލޭގެ މުހިންމު ރެސްޓޯރެންޓަކުން ދޭ، ދެ މީހެއްގެ ރޯދަ ވިއްލުމެކެވެ. ދެ ވަނަ 10 އިގެ އެއްވަނަ އަށް ފަރާތަށް ދޭނީ އީވޯއިން ދޭ "ބޯޝް" ބްރޭންޑްގެ އައިސް އަލަމާރިކާއި ލޮޓަސް އިން ދޭ ބައިސްކަލެވެ. ފަހު ދިހައެއްގައި ވޯޑްރޯބަކާއި ދެ ބައިސްކަލެކެވެ.

އަވަސް ރޯދަ ސުވާލު މުބާރަތުގައި ބައިވެރިވެވޭނީ އިނގިރޭސި އަކުރުގެ އާރްއެސް ޖެހުމަށް ފަހު "އޭ" "ބީ" ނުވަތަ "ސީ" ގެ ތެރެއިން ކޮންމެވެސް އެއް ޖަވާބެއް ހިޔާރުކޮށް 367 މި ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވައިގެނެވެ. ދިރާގައި އުރީދޫގެ ކަސްޓަމަރުން ވެސް އެސްއެމްއެސް ކުރާނީ މި ނަމްބަރަށެވެ. މުބާރާތުގެ ސުވާލު ފެންނާނީ އަވަސްއިން ތައްޔާރުކޮށްފައިވާ "ރޯދަމަހާ ރޯއްޖާ" އެޑިޝަންގެ ތެރެއިންނެވެ.