ހަބަރު

އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

May 18, 2019

އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މިރޭ 7:13 އެހާކަންހާއިރު ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު އެ ތިން މީހުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މަރަދޫ ސްލިޕްވޭ ކައިރިން ހިނގި އެކްސިޑެންޓްވި އިރު އެއް ސައިކަލް ދުއްވަން އިނީ 42 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ، ދެ ސައިކަލްގައިވެސް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ލައިސެންސްނެތް ކަމަށެވެ.

މަރަދޫގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، ރޭ ދަންވަރު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ.