މަގުމަތީގެ އެކްސިޑެންޓް

ހިނގާފައި ދިޔަ މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ހާލު ސީރިއަސްވެއްޖެ

Sep 7, 2022

އައްޑޫގައި ހިނގާފައި ދިޔަ މީހެއްގައި ގައިގައި ލޮރީއަކުން ޖެހި ހާލު ސީރިއަސްވެއްޖެ އެވެ.

ފުލުހުން އެކްސިޑެންޓްގެ މައުލޫމާތު މިއަދު މެންދުރު ރިޕޯޓްކޮށްފައިވާތީ އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގައި ލޮރީން ޖެހުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދަނިކޮށެވެ.

އަނިޔާވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާ ލިބުނު މީހާގެ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދައުުރުވަމުންދާއިރު އެ މީހާގެ ބޮލަށް ޒަހަމްތަކެއް ލިބިފައި ހުއްޓާ ފެނެ އެވެ.

މިހާދިސާއާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.