ހަބަރު

ސްޓްރޯކެއް ޖެހުނު ފުލުހަކު މަރުވެއްޖެ

May 19, 2019
2

ސްޓްރޯކެއް ޖެހިގެން ފަރުވާދެމުންދިޔަ ޒުވާން ފުލުހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ، ހދ. ކުޅުދުއްފުށީ ދިލާވަރުގެ، ސިމްރާހު އަލީ އެވެ.

އުމުރުން 31 އަހަރުގެ ސިމްރާހަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއަށް ސްޓްރޯކެއް ޖެހުނީ ގޭގަ ހުއްޓަ އެވެ.

އޭނާ ވަޒީފާ އަދާ ކުރަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގަ އެވެ. މިއަދު އިރުއޮއްސުނުހާއިރު ސިމްރާހު މަރުވީ މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިފަހުން ވެސް ކުޅުދުއްފުށީގެ އެހެން ޒުވާނަކަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވި އެވެ.