މޯލްޑިވްސް ޕޮލިސް ސާވިސް

ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަނީ އެރަށު ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އެވެ.

ފުލުހުން ބުނީ އަބްދުﷲ ގެއްލިގެން އާއިލާ އިން ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އަބްދުﷲ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހުެ ހެނދުނު ކުޅުދުއްފުށިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެެދިފަ އެވެ.