ދުނިޔެ

އެކްޒިޓް ޕޯލުތަކުން ކުރި ހޯދަނީ މޯދީ

May 19, 2019
އިންޑިއާގެ އިންތިހާބު ކެމްޕެއިންގެ ތެރެއިން - ފޮޓޯ: ޓައިމް
0%
0%
0%

މިއަދު ނިމުނު އިންޑިއާގެ އާންމު އިންތިހާބު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އެކްޒިޓް ޕޯލުތަކުން ދައްކައިފި އެވެ.

އިންޑިއާ މީޑިއާތަކުން މިއަދު އާންމުކޮށްފައިވާ އެކްޒިޓް ޕޯލްތަކަށް ބަލާއިރު، ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އަކާ ދެމެދު އަދަދަށް ގޮނޑި ބީޖޭޕީ ހަރަކާތްތެރިވާ ކޯލިޝަނުން ކަށަވަރު ކުރާނެ އެވެ.

ރާހުލް ގާންދީ އިސްވެ ހުރެ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީއިން އުފައްދާފައިވާ ކޯލިޝަނަށް ލިބޭނެ ކަމަށް ޕޯލްތަކުން ދައްކަނީ 128 އާއި 132 އަދަދަކަށް ގޮނޑި އެވެ.

އޭޕްރީލް މަހު ފެށި އިންތިހާބުގައި ވޯޓު ލާފައިވަނީ ހަތް ބުރަކުންނެވެ. އަންނަ ބުރާސްފަތި ދުވަހު ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނެ އެވެ.

މިއަދު އާންމުކޮށްފައިވާ އެކްޒިޓް ޕޯލާއެކު ބީޖޭޕީ އުފާ ފާޅުކުރާއިރު އިދިކޮޅު ލީޑަރުން ވަނީ އެއަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރާހުލް ގާންދީ ވިދާޅުވީ އެކްޒިޓް ޕޯލްތަކަކީ މޯދީ ޕްރޮމޯޓް ކުރުމަށް ޑިޒައިންކޮށްފައިވާ ޕޯލްތަކެއް ކަމަށެވެ.

މަންތާ ބެނާޖީ ވިދާޅުވީ އެކްޒިޓް ޕޯލްތަކަކީ "ގޮސިޕް" ކަމަށެވެ. އެއަށް އިތުބާރު ނުކުރުމަށް ރައްޔިތުން ކިބައިން އޭނާ ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910