ދުނިޔެ

ކޮންގްރެސް ޕާޓީގެ ލީޑަރުކަމުން ރާހުލް ގާންދީ އިސްތިއުފާ ދެއްވައިފި

Jul 3, 2019
1
އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރުކަމުން ރާހުލް ގަންދީ ވަނީ އިސްތިއުފާ ދެއްވާފައި-- ފޮޓޯ: ރޮއިޓާސް
0%
100%
0%

ނިއުދިއްލީ (ޖުލައި 3) - އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރުކަމުން ރާހުލް ގާންދީ އިސްތިއުފާ ދެއްވައިފި އެވެ.

މިދިއަ މެއި މަހު އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުތަނުން ނާކާމިޔާބުވުމުން، ރާހުލް ގާންދީ އިސްތިއުފާ ދެއްވަން ބޭނުންފުޅުވާކަމަށް ހާމަކުރެއްވި އެވެ. ނަމަވެސް، އެ ޕާޓީން އޭނާގެ އިސްތިއުފާ ގަބޫލުނުކުރަން އޭރު ވަނީ ނިންމައިފަ އެވެ. އޭނާއަކީ ކޮންގްރެސް ޕާޓީގެ ލީޑަރު ނޫންކަމަށް ވިދާޅުވުމަށްފަހު، ޓްވިޓާގައި އާންމު ކުރެއްވި ޓްވީޓެއްގައި ރާހުލް ވިދާޅުވީ އެ ޕާޓީގެ ލީޑަރުގެ މަގާމު އަދާކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އާ ލީޑަރަކު ނެގުމުގެ މަސައްކަތް ވީހާވެސް ކުރަންޖެހޭކަމަށް ރާހުލް ވަނީ ވިދާޅުވެފަ އެވެ. ރާހުލްގެ އިސްތިއުފާ ގަބޫލުކޮށް، ކޮންގްރެސް ޕާޓީން ބުނީ އާ ލީޑަރަކު ހަފްތާއެއްގެ ތެރޭގައި އައްޔަނުކުރާނެ ކަމަށެވެ.

އާންމު އިންތިހާބުގައި އިންޑިއާ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 543 މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ކޮންގްރެސް ޕާޓީއަށް ލިބިފައިވަނީ އެންމެ 52 ގޮނޑި އެވެ. ވިދިވިދިގެން ތިން އިންތިހާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ވަނީ ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ ލަދުގަންނަވާލައިފަ އެވެ.

އެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަންގަވައި، ލީޑަރުކަމުން ދުރަށް ވަޑައިގަންނަވަން ރާހުލް ނިންމެވި އެވެ. އަދި ޕާޓީގެ ލީޑަރުކަމަށް ގެންނަންވާނީ ގާންދީ އާއިލާއަށް ނިސްބަތްނުވާ ބޭފުޅެއްކަމަށްވެސް ރާހުލް އޭރު ވަނީ ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮލެޖު ބޯއި

ރާހުލް ގާނދީ އަސް ނާކާމިޔާބު ވިޔަސް ތި ގާނދީ އަކަށް ނުޖެހޭ އެހެން ގާނދީންނަށް ހުރި ފުރުސަތު ބަންދުކުރަން މަސައްކަތްކުރަން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910