ދުނިޔެ

އިންޑިއާ އިންތިހާބު: މޯދީގެ ޕާޓީ ބޮޑު ކާމިޔާބީއަކާ ދިމާލަށް

May 23, 2019
1
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފައިވާކަމަށް މީޑިއާތަކުން ދަނީ ބުނަމުން. -- ފޮޓޯ: ގެޓީ އިމެޖަސް
0%
0%
100%

ނިއު ދިއްލީ (މެއި 23) - އިންޑިއާގައި ހަތް ފިޔަވައްސަށް ބަހާލައިގެން ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގައި ވޯޓު ގުނުން ކުރިއަށްދާއިރު، ގިނަ ސަރަހައްދުތަކުގައި ކުރި ހޯދާފައިވަނީ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އެވެ.

އާންމު އިންތިހާބުގައި އިންޑިއާ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 542 މެމްބަރުން އިންތިހާބުކުރާއިރު، މިހާތަނަށް ދައްކާ ނަތީޖާތަކުން މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 320 ގޮނޑީގެ ލީޑު ވަނީ ނަންގަވައިފަ އެވެ. މައި އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންސީ) ކުރީގައި އޮތީ 100 ވަރަކަށް ދާއިރާގައި އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ. އޭގެ ތެރެއިން ވޯޓުލާފަވަނީ 67 ޕަސެންޓް މީހުންކަ މަށް ވާއިރު މި ފަހަރަކީ އިންޑިއާގެ ތާރީހުގައި އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާފައިވާ ފަހަރެވެ.

ސަރުކާރެއް ގާއިމުކުރަން 272 ގޮނޑި ބޭނުންވާއިރު، މޯދީގެ ޕާޓީއަށް މިހާރުވެސް އެ އަދަދަށް ގޮނޑި ކާމިޔާބު ކުރެވިއްޖެކަމަށާއި ދެވަނަ ދައުރަކަށް މޯދީ ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާނެކަން ކަށާވަރުވެފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން މިހާރުވެސް ވަނީ ބުނަން ފަށައިފަ އެވެ. އަދި ކެބިނެޓުގެ ބައެއް މެމްބަރުންވެސް ގެންދަވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

މި އިންތިހާބު ސިފަކޮށްފައިވަނީ މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ. އިދިކޮޅު އިއްތިހާދުން ވެސް މުޅި އިންތިހާބު އަމާޒުކޮށްފައިވަނީ މޯދީގެ ނާކާމިޔާބީގެ މައްޗަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަނި

ވަގު ވޯޓް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910