ދުނިޔެ

އިންޑިއާ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ

އިންޑިއާގައި ހަތް ފިޔަވައްސަށް ބަހާާލައިގެން ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބު މި މަހުގެ 19 ވަނަ ދުވަހު ނިމި އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ. އޭގެ ތެރެއިން ވޯޓުލާފަވަނީ 67 ޕަސެންޓް މީހުންކަ މަށް ވާއިރު މި ފަހަރަކީ އިންޑިއާގެ ތާރީހުގައި އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާފައިވާ ފަހަރެވެ.

އިންޑިއާ އިލެކްޝަން ކޮމިޝަންގެ ސްޓާފުން 600 މިލިއަނެއްހާ ވޯޓު ގުނަމުންދާއިރު މިހާރު ވެރިކަން ކުރައްވާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށް ފެންނަ ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުން ނެވެ.

ވޯޓުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި 545 ގޮނޑި ހިމެނޭ ޕާލަމެންޓްގެ ތިރި ގެ، ލޮކްޝަބާގެ ތާއީދު އޮތީ ބޮޑުވަޒީރު މޯދީއަށެވެ. ނަމަވެސް އެގްޒިޓް ޕޮލްގެ ނަތީޖާއާއި މުޅިން އިދިކޮޅަށް ރަސްމީ ނަތީޖާ މީގެ ކުރިން ވެސް ނިކުމެފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ލޮކްޝަބާގެ 272 ގޮނޑީގެ އަޣުލަބިއްޔަތެއް ހޯދާ ޕާޓީއަކުން ނުވަތަ ކޯލިޝަނަކުން ވެރިކަންކުރާ ސަރުކާރު އެކުލަވާލާނެ އެވެ. ގައުމުގެ ބޮޑުވަޒީރު އައްޔަން ކުރައްވާނީ އެ ސަރުކާރެއްގެ މަޖިލީސް މެމްބަރުން ނެވެ.

ވޯޓުގެ ރަސްމީ ނަތީޖާ މިއަދު ވޯޓުގުނާ ނިމުމުން އިއުލާން ކުރާނެ އެވެ.