ހަބަރު

އޮޑިޓް ހުށަނާޅާތީ އަދާލަތާއި ޑީއާރްޕީއަށް ޖޫރިމަނާ

May 20, 2019
1

އޮޑިޓް ރިޕޯޓް ހުށަހަޅަން އޮތް މުއްދަތުގައި އެކަން ކޮށްފައިނުވާތީ އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ޖޫރިމަނާ ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ޕާޓީތަކުން އީސީއަށް އޮޑިޓް ރިޕޯޓް ހުށަހެޅުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމް ކުރާ ކަމެކެވެ. އެކަމަށް ކޮމިޝަނުން މި އަހަރު ދިން މުއްދަތުގައި ގިނަ ޕާޓީތަކުން އެ ރިޕޯޓް ހުށަހެޅި އެވެ.

ރިޕޯޓް ހުށަ ނާޅާ އޮތީ އަދާލަތު ޕާޓީ އާއި ޑީއާރްޕީ އެވެ. އެހެންވެ އިލެކްޝަން ކޮމިޝަނުން ނިންމީ އެ ދެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ.